'ހަވީރު' ނޫހުގެ ލިޔުންތެރިންނަށް ވެވޭ ޙަމްދަރްދީ
'ހަވީރު' ނޫހަކީ އަޅުގަނޑުމެން އެންމެންވެސް ދަންނަ ނޫހެކެވެ. މި ދިޔަ ދެތިން އަހަރު ނޫނީ 'ހަވީރު' ނޫހަކީ މިދިޔަ 30 އަހަރަށް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި އެންމެ ނަގާ ކިޔާ ނޫސްކަމުގައި ވަނީ ވެފައެވެ. މިހެން މިކަން ވެފައި މިވަނީ ޗާންސަކުން ނުވަތަ 'ނަސީބަކުން' ކަމުގައި ދުށުމަށްވުރެ މިއީ ބަޔަކު ކަނޑައެޅިގެން ކުރި ގިނަ މަސައްކަތްތަކެއްގެ ސަބަބުން ވެފައިވާ ކަމެއްކަމުގައި ދެކުމަކީ ޙަޤީޤަތާއި ކައިރިވާނެއް ގޮތެއްކަމުގައި އަޅުގަނޑު ދެކެމެވެ. ޙަޤީޤަތުގައި އަޅުގަނޑު މި މަޒުމޫނުގައި ބަލާލަން ބޭނުންވީ މިކަން މިހެން މެދުވެރިވާން ދިމާވި ސަބަބުތަކާއި އަދި ދިވެހިންގެ ވިސްނުމާއި، އަދި ޚާއްޞަކޮށް ދިވެހިންގެ ސިޔާސީ އަދި އިޖްތިމާޢީ ހޭލުންތެރިކަމާއހުރި ގުޅުންތަކުގެ މައްޗަށެވެ.
އަޅުގަނޑުމެންގެ ތެރެއިން ނޫސް ކިޔުއްވާ އުޅުއްވާ ބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނޭފަދައިން މިދިޔަ 5 އަހަރުގެ ތެރޭގައި ރާއްޖެއަށް މިއައި ބޮޑު ބަދަލު އަޔަ ނުދިނުމުގައި ހަވީރު ނޫހުން ޚާއްޞަ ރޯލެއް ކުޅެފައިވާކަން ފާހަގަ ކުރެއްވޭނެއެވެ. އަދި ދިވެހިންގެތެރެއިން ގިނަ ބަޔަކު މިއަދު ޤަބޫލުކުރާގޮތުގައި ދިވެހިންގެ ސިޔާސީ ހޭލުންތެރިކަން އެހާ ދަށް ފެންވަރެއްގައި މިހާ ގިނަ ދުވަހު އޮތުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރިފަރާތަކީ ހަވީރެވެ. އަދި މިއީ ރޭވުމެއްގެ ދަށުން ކުރެވިފައިވާ 'ބޮޑު މަސައްކަތެއް'ކަމުގައި ދުށުމުގެ ވަރަށް ބޮޑު ޖާގައެއް އެބައޮތްކަމުަގއިވެސް ގިނަ ދިވެހިން މިއަދު ޤަބޫލުކުރެއެވެ. މިކަމުގެ ސަބަބުތަކަށް އަޅުގަނޑު ތިރީގައި ބަލާލާނަމެވެ.
'ހަވީރު' ނޫހުގެ މަސްއޫލުވެރިއަކީ މ. ކުއްޅަވައްގޭ ފަތުހުﷲ ޖަމީލުއާއި މައުމޫނު އަބްދުލް ޤައްޔޫމާއިއެކު މިސުރުގައި ކިޔަވަން އުޅުއްވި އިރުއްސުރެން ވަރަށް ގާތްކޮށް އުޅުއްވި ފަރާތެއްކަމުގައިވާ ޒާހިރު ހުސެއިނެވެ. އަދި މާލޭތެރޭގައި ވަރަށް ގިނަދުވަހު ވަރަށް ގިނަބައެއްގެ މެދުގައި ދެކެވުނު ވާހަކައެއްގައިވާގޮތުން، މި 3 ބޭފުޅުން (ޒާހިރު ހުސެއިން، ފަތުހުﷲ ޖަމީލު އަދި މައުމޫން އަބްދުލް ޤައްޔޫމް) ކިޔަވަން އެކުގައި މިސުރުގައި އުޅުއްވި އިރުއްސުރެން ފެށިގެންވެސް ވަނީ ދިވެހިރާއްޖޭގެ ވެރިކަން ހޯދަން ރާވާފައެވެ. އަދި މި ބޭފުޅުން ކިޔަވައި ނިމިގެން ރައްޖެއަށް ހަމަ އައުމާއެކު މި މަސައްކަތް ފައްޓައިފިއެވެ. ތާރީޚު ކިޔުއްވާ ބޭފުޅުންނަށާ އަދި މިހާރުވެސް ދުނިޔޭގައި ތިއްބެވި ވަރަށް ގިނަ ބޭބޭފުޅުންނަށް އެނގިވަޑައިންނަވާނޭފަދައިން މައުމޫން އަބްދުލް ޤައްޔޫމް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިސްވުމަށްފަހު އެންމެ ފުރަތަމަ އެކުލަވާލެއްވި ކެބިނެޓުގައިވެސް ފަތުހުﷲ ޖަމީލާއި ޒާހިރު ހުސެއިން ހިމެނިވަޑައިންނަވައެވެ. އަދި މުހިންމު ދާއިރާތަކެއްގެ އެންމެ އިސްވެރިންގެ ގޮތުގައި، މިނިސްޓަރުންގެ ގޮތުގައި މިބޭފުޅުންވަނީ ގިނަ ޒަމާންތަކެއް ވަންދެން ސަރުކާރުގެ މިނިސްޓަރުން ނުވަތަ އެފެންވަރުގެ މަޤާމުތަކުަގއި ތިއްބަވާފައެވެ. އަދި އެންމެ ފަހުން މި ބޭފުޅުން މި މަޤާމުތަކުން ދުރުކުރައްވަން މައުމޫނަށް މަޖުބޫރު ވެވަޑައިގަތީ މިބޭފުޅުންގެ އަގު ރައްޔެތުންގެ ކުރިމަތީގައި މުޅީން ވެއްޓިގެންދިޔުމުންނެވެ. އަދި މިގޮތުންވެސް، ފަތުހުއްﷲ ޖަމީލުގެ އަގު ދިވެހި ރައްޔެތުންގެ ކުރިމަތީގައި ވެއްޔާއި މޮޑެވިގެން ދިޔަ ގޮތަކީ ތާރީޚުގައިވެސް ލިޔެވި އެކަމުން ދިވެހީންގެ މުސްތަޤްބަލުގެ ޖީލުތަކަށްވެސް މިސާލެއްގެ ގޮތުން ފުދޭނޭ ގޮތަކަށް ހިނގާދިޔަ ގޮތެކެވެ. އާދެ، ވީ ކިހިނަކުން ކަމުގައިތޯއެވެ؟
30 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޚާރިޖީ ވަޒީރުކަމުގައި ހުންނެވުމުގެ އިތުރުން، ރައީސް މައުމޫން ވަނީ ފަތުހުއްﷲ ޖަމީލަށް ޢާމްދަނީ ލިބޭނޭ އެތައް މަގެއް ފަހި ކޮށްދެއްވާފައެވެ. ދިރާގުގެ ބޯޑް އޮފް ޑައިރެކްޓަރސްގެ ޗެއަރމަންގެ އިތުރުން ރިސޯޓެއް ހެދުމަށްޓަކައި މާލެ އަތޮޅުން ފަޅުރަށެއް ދެއްވާފައެވެ. މިހެން ކަން ހުރި ކަމުގައިވިޔަސް، މިވަރުންވެސް ނުފުދިގެން، ފަތުހުއްﷲ ވަނީ އޭނާގެ މަޤާމުގެ ނާޖާއިޒު ފައިދާ ނަންގަވާފައެވެ. މިގޮތުން ބްރޫނާއީގެ ރަސްގެފާނުގެ އަރިހުގައި އަމިއްލަ ފުޅު ޙައިޞިއްޔަތުން، ފަތުހުﷲގެ ހުންނަވާ ޚާއްޞަ އެހީއަށް ބޭނުންވެލައްވާ ފިރިހެން ދަރިފުޅަށް ބޭސް ކުރުމުގެ ނަމުގައި ވަނީ އެތައް ހާސް ޑޮލަރަކަށް 'ސަލާން ޖައްސަވާފައެވެ. މިކަން އޭނާ ކުރައްވަން އަމިއްލަފުޅު ނަމުގައި ހައްދަވާފައިވާ ލެޓަރހެޑެއްގައި ލިޔުއްވާފައިވާ ސިޓީއެއް ވަނީ ލީކު ވެފައެވެ. މީގެ އިތުރުން، ފަތުހުއްﷲއަކީ އާންމުކޮށް ބަނގުރާ ބޭނުންކުރައްވާ ބޭފުޅެއްކަމުގައި މާލޭ ތެރޭގައި ވަނީ އަޑު އަރާފައެވެ. އެހެންނަމަވެސް އޭނާގެ މި ލާދީނީ އަދި ޣައިރު ޤާނޫނީ ޢަމަލާމެދު ސުވާލެއް ކުރާނޭ ދިވެހި ސިފައިންގެ މީހެއް ނުވަތަ ޕޮލިހެއް ނުވަތަ ދީނީ ކަންކަމާއިބެހޭ ވުޒާރާއެއްގެ އެންމެ މީހަކުވެސް ހުރި ކަމަކަށް ނުވިއެވެ. އެންމެ ފަހުން މިކަންވެސް ފަޅާއަރަން ދިމާވީ ވަރަށް ލަދުވެތި ގޮތަކަށެވެ. ހަމައެކަނި ފަތުހުއްﷲ އަކަށް ނޫނެވެ. އެކަމަކު އޭނާގެ ޢާއިލާއާއި އޭނާގެ ކާބަފައިން ކުރައްވާފައިވާ ރީތި މަސައްކަތްތަކަށްވެސް ކިލަނބު ކަމާއި ހުތުރު ނަން ގެނެސްދިން ފަދަ ގޮތަކަށެވެ. އާދެ، ފަތުހުއްﷲގެ އަމިއްލަ ރިސޯޓު 'ކަނޑޫމާ'ގައި އޭނާގެ އަނބި ކަނބަލުންނާއި، ދަރިކަލުންނާއި އަދި ސަރުކާރު މުވައްޒަފުންވެސް ހިމެނޭ ރައްޓެހިންނާއެކު ބަނގުރާ ހިތްޕަވާ ޑިސްކޯގައި ނައްޓަވަން ހުއްޓާ ނަގާފައިވާ ފޮޓޯތަކެއް އަނެއްކާވެސް މީޑިއާއަށް ލީކުވެގެންނެވެ. ފަތުހުއްﷲ އާއި ޒާހިރު ހުސެއިންވެސް ދައުލަތުގެ ވަޒީރުކަމުން ވަކި ކުރެއްވުމަށް މައުމޫނު އަބްދުލް ޤައްޔޫމަށް މަޖުބޫރު ވެވަޑައިގެންނެވީ މި ދެންނެވި ފޮޓޯތައް ލީކުވީ ދުވަސްވަރުއެވެ.
ފަތުހުއްﷲއާއި ޚިލާފަށް ޒާހިރު ހުސެއިން ބަނގުރާ ހިތްޕަވާ ވާހަކަ ބަޔަކު ދައްކަނިކޮށް އަޅުގަނޑަކަށް އިވިފައެއް ނުވެއެވެ. ނުވެއެވެ. އެހެންނަމަވެސް، އޭނާ ކުރައްވާ އެހެން އެތައް ވިޔާނުދާ ކަމެއް ވެއެވެ. އެންމެ ބޮޑު ކަމަކީ އޭނާގެ މަސްއޫލުވެރިކަމުގެ ދަށުގައިވާ 'ހަވީރު' ނޫސް ބޭނުންކުރައްވައިގެން ރައްޔެތުން ޤައުމުގެ ކަންކަމުގެ ޙަޤީޤަތް އޮޅުވާލުމަށް އަދި ވަކީން ޚާއްޞަކޮށް މައުމޫނުގެ ސަރުކާރުގެ ޙަޤީޤަތް އޮޅުވާލުމަށް ކެނޑިނޭޅި ކުރައްވާ މަސައްކަތްތަކެވެ. ހަވީރުގެ އޮފީސް މިއަދުވެސް ހުންނަނީ 'އަލް ޚައިރިއްޔާ' ނަމަކަށް ކިޔާ ޖަމިއްޔާއެއް ހިންގުމަށްޓަކައި ސަރުކާރުން ހިލޭ ދެއްވާފައިވާ ބިމެއްގައެވެ. މީގެ އިތުރުން، ނޫސް ހިންގުމަށްޓަކައި ޤަވާޢިދުން ފައިސާގެ އެހީ ވެއެވެ. އަދި ސަރުކާރުގެ ހުރިހާ އިދާރާތަކަކުންވެސް ހަވީރު ނޫހަށް އިޝްތިރާކް ދިނުމަށް ބާރުއަޅާފައިވެއެވެ. ޒާހިރު ހުސެއިން ސަރުކާރުގެ މިނިސްޓަރެއްގެ މަޤާމުގައި ހުންނަވައިގެން ވިޔަފާރި ކުރެއްވިއެވެ. 'ހަވީރު' ނޫސް މެދުވެރިކޮށް އެކަންޏެއް ނޫނެވެ. މާ ވިއްކުމުގެ ވިޔަފާރިއަކާއި ކޭބަލް ޓީވީގެ ޚިދްމަތްދޭ ވިޔަފާރިއެއް މިހާރުވެސް ހިންގަވައެވެ. މީގެ އިތުރުން، ދިވެހިންނަށް ބޮޑެތި ގެއްލުންތަކާއި ކުރިމަތިވާފަދަ ސިޔާސަތުތައް ތަންފީޒު ކުރައްވަން އުޅުއްވިކަމަށް ވެއެވެ. މިގޮތުން އޭނާ ގެންގުޅުއްވި އެއްވިސްނުމެއްގައިވާގޮތުން ދިވެހިންގެތެރޭގައި މާބޮޑަށް ކިޔަވައިގެން ތިބި މާގިނަ ބަޔަކު ބޭނުމެއް ނުވެއެވެ. އެހެންކަމުން ޖޭ.އެސް.ސީ.ގެ ނަމުގައި ގްރޭޑް 7ން އިމްތިޙާނެއް ތަޢާރަފް ކުރިއެވެ. ބޭނުމެއްކަމުގައިވީ މި އިމްތިޙާނުން ފާސްނުވާ ހުރިހާ ކުދިން ސްކޫލުން ވަކި ކޮށް، އެކިއެކި ޢަމަލީ މަސައްކަތްތަކަށް އަހުލުވެރު ކުރުވުމެވެ. އާދެ، އަޅުގަނޑަށްވެސް އެނގެއެވެ. އަމަލީ މައިދާނަކީވެސް ޢިލްމީ މައިދާނުހާ މުހިންމު މައިދާނެކެވެ. އެހެންނަމަވެސް، ޢިލްމީ މައިދާނުގައި ކުރިއަށް ދިޔުމަށް ކުދީންނަށް ދެވެން އޮތް ހުރިހާ ފުރްޞަތެއް ސަރުކާރުން ފަހިކޮށްދިނުމަކީވެސް ކުރަންޖެހޭ ކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ.
އަދެ، ކަންތައްތައް މިހެންވަމުން ދިގު ޒަމާނެެއް ދިޔައީއެވެ. އަދުގެ ދުނިޔޭގައި ކުރިއަރާފައިވާ މުޖްތަމަޢުތައްކަމުގައި ދުނިޔެ ޤަބޫލުކުރާ މުޖްތަމަޢުތަކުގައި ނޫސްވެރިން – ނުވަތަ ޢާންމުކޮށް މީޑިއާ: ޓީވީ، ރޭޑިއޯ އަދި މިނޫންވެސް ޚަބަރު ފަތުރާ ވަޞީލަތްތައްވެސް ހިމެނިގެން – ބަލައިގަނެފައިވަނީ އެއީ ޑިމޮކްރެސީގެ އެއް ތަނބުކަމުގައެވެ. އާދެ، މުޖްތަމަޢުގައި ހިނގާ، އެ މުޖްތަމަޢުއަކަށް އެންމެ ރަނގަޅު ނޫން ކަންތައްތައް ފާހަގަކޮށް، އާންމުންނާއި ކަންކަމަށް ބާރު ފޯރުވޭ ހިސާބުގައި ހަމަޖެހިފައިތިބި ފަރާތްތަކުގެ ސަމާލުކަމަށް ކަންކަން ގެނެސްދޭ ބައެއްގެ ގޮތުގައެވެ. އަދި ވަކީން ޚާއްޞަގޮތެއްގައި ރައްޔެތުންގެ ބަހަކާއިއެކު، ނުވަތަ، ރައްޔެތުންގެ ވޯޓަކާއެކު އެކިއެކި މަޤާމުތަކުގައި ވެޑުވިގެން ތިއްބަވާ ފަރާތްތަކުން، ރައްޔެތުންގެ ނަމުގައި ކުރައްވާ ކަންތައްތަކަށް ފާރަލާ އެކަންކަމުގައި ހުންނަ ނުތާހިރު ސިފަތަށް ފިލުވުމަށްޓަކައި ފާޑުކިޔާ ބައެއްގެ ގޮތުގައެވެ. މިމޭރުމުން އަޅުގަނޑުމެން 'ހަވީރު' ނޫހާމެދު ވިސްނާލާއިރު އަޅުގަނޑުމެންނަށް ފެންނަނީ މިދެންވި ކަންތައްތަކާއި މުޅީން އިދިކޮޅު ގޮތަކަށް ޙަރަކާތްތެރިވާތަނެވެ. އަދި މިސަބަބައްޓަކައި 'ހަވީރު' ނޫސް އެފެއްދި މަޤްޞަދާއިމެދުވެސް ސުވާލު އުފެދެއެވެ. އާދެ، މިދެންނެވީ 'ހަވީރު' ނޫސް އުފެއްދިފައިވަނީ ސިޔާސީ މަޤްޞަދެއްގައެވެ. މައުމޫން އަބްދުލް ޤައްޔޫމް ވެރިކަމަށް ގެނެސް އޭނާގެ ވެރިކަން ދެމެހެއްޓުމަށްޓަކައެވެ. މިކަމުގައި ކިތަންމެ ވަރަކަށް ހަޤީޤަތް އޮޅުވަންޖެހުނު ނަމަވެސްއެވެ. މިކަން އަޅުގަނޑުމެންނަށް މިހާރު މިއޮތީ ވަރަށް ރަނގަޅަށް އެނގޭށެވެ. 30 އަހަރު ދިގުދެމިގެންދިޔަ މައުމޫނުގެ ވެރިކަމުގައި ހިނގި ޚިޔާނާތިގެ މައްސަލަތައް 'ހަވީރު'ން ރިޕޯޓުކޮށްފައިހުރީ ހަމައެކަނި ހަވީރުގެ މަސްއޫލުވެރިޔާގެ ސިޔާސީ މަޤްޞަދުތައް ޙާޞިލްވާނެގޮތުގެ މަތިންނެވެ. މިގޮތުން އެފް.ޕީ.އައި.ޑީ.ގެ މައްސަލައިގައި މ. އެންދެރިމާގޭ އިލްޔާސް އިބްރާހީމް ފަޟީޙަތް ކުރުމުަގއި 'ހަވީރު' އަދާކުރި ރޯލު ފާހަގަ ކޮށްލެވެއެވެ. އަދި މައުމޫނުގެ ވެރިކަމުގެ ދިގު 30އަހަރުގައި ދިވެހި ޖަލުތަކުގައި ކުރި އަނިޔާތަކުގެ ވާހަކަ ބައިނަލް އަޤވާމީ ޖަމާޢަތްތަކާއި ބައިނަލް އަޤްވާމީ ނޫސްވެރިން ދައްކާތާ އެތައް އަހަރެއްވީއިރުވެސް 'ހަވީރު'ން ޗުއްޕު ކިޔައިގެން ތިބިކަމެވެ. އަދި މިކަން އެންމެ ފަހުން ދިވެހިންނަށް ކެތް ނުކުރެވޭ ހިސާބަށް ދިޔައީ މާފުށީ ޖަލުގައި ސިފައިން ބަޑިޖަހައިގެން ބަޔަކު މަރުވެގެން ޢާންމުން މަގުތަކަށް ނިކުމެ މުޒާހަރާ ކޮށްގެންނެވެ. ދެން އޭގެ ފަހުން މިވީ 5 އަހަރުގައި ކަންތައްތައްވީގޮތް އަޅުގަނޑުމެން އެނެްމެންނަށް ވަރަށް ސާފުކޮށް މިއޮތީ ފެންނާށެވެ. ދިވެހިންގެ ރައްޔެތުންގެ މަޖިލީހުން ރާއްޖޭގައި ސިޔާސީ ޕާޓީ ހިންގަން ހުއްދަ ދިނުމާއެކު މައުމޫނު ސަރުކާރުގެ ހިފެހެއްޓުމުން ބޭރުވެގެން ސިޔާސީ ޙަރަކާތްތަކުގައި ބައިވެރިވާން ފަށައިފި، ޖެހިގެން އައި ރިޔާސީި އިންތިޚާބުން މިއޮތީ މައުމޫން އަބްދުލް ޤައްޔޫމް ފޭލިކޮށްލާފައެވެ. ރައްޔެތުން މައުމޫނު ބަލައިނުގަންނަކަން މިއޮތީ ވަރަށް ރަނގަޅަށް ސާފުކޮށް އެނގޭށެވެ. އެހެންނަމަވެސް އަދި 'ހަވީރު'ގެ ލިޔުންތެރިން މިތިބެނީ މާޔޫސް ކަމެއްގެ ވިލާގަނޑެއްގެ ދަށުގައެވެ. އަދި އަލަށް ދިވެހިންނަށް ސާފު ދިރިއުޅުމެއް އުޅެން ލިބުނު ފުރްޞަތުވެސް ގެއްލޭނެފަދަ ގޮތަކަށް 'ހަވީރު'ގެ ލިޔުންތައް ފެންނަމުން ދާތީ ދިވެހިންގެ ގިނަ ބަޔަކު މިއަދު ހިތާމަކުރެއެވެ. ބޭކާރު ހަމަނުޖެހޭ ލިޔުންތައްވެސް ލިޔެނީއެވެ. މައުމޫނު ރައްޔެތުންގެ މަޖިލީހަށް ހޮވާފައިތިބި މެމްބަރުން އާ ރައީސުލްޖުމްހޫރިއްޔާ ބަދަލުކުރެއްވުމާއި ގުޅިގެން އެކަމަށް ފާޑު ކިޔާފައިވަނީ ބުއްދީގެ ހަަމަތަކުން ބޭރުންނެވެ. އަދި އެންމެ ފަހުން މައުމޫނު ބައިތިއްބާފައިދިޔަ 'ސިޔާސީ' މަޤާމުތަކުގައި ތިއްބެވި ބޭފުޅުން އިސްތިއުފާ ދެއްވަންޖެހޭ މައްސަލައިގަވެސް، 'ހަވީރު'ން ވަކާލާތުކުރައްވަނީ އެކަން ހަޖަމުކުރަން ދަތި ގޮތަކަށެވެ. ޤައުމުގައި މިއަށްވުރެ މާ މުހިންމު މައްސަލަތައް ހުރިއިރުގައިވެސް، އަދިވެސް ކޫސަނި ޝަކުވާ ކުރާތީ، 'ހަވީރު'ގެ ލޔުންތެރިންނަށް އަޅުގަނޑަށް ވެވެނީ ޙަމްދަރްދީއެވެ. މާތް ﷲ އެމީހުންނަށް ތެދުމަގު ދައްކަވާށިއެވެ! އާމީން!
|
very boring article
ReplyDeleteLiyuvvaafai vanee varahves rangalhu vaahaka thakekeve. Haveeru noohakee rayyiththunnah maa faidhaa huri gothakah mauloomaathaai, khabarai genes dhey nooheh nooneve. Haveeru noohakee Marxist/Communist usool thakeh gengulhey noohekeve. Democracy ah vakalaathu kurumuge dhalha dhakkaigen vaki bayegge maslahathu rakkaatheri kuran vegen zamaanussurre hingaa noohekeve. Noohugai faalhu koffai hunna khiyaalu thakakee Benito Mussolini ge Fascist Italy ge dhuvas varu emeehunge khiyaalu aai eggothah battan kurevifaivaa liyun thakekeve. Democracy eh hingiya nudhinumattakai kureven oiy hurihaa masakkatheh vanee Haveeru noohun koffa eve. Adhi gendhanee kuramunneve. Haveeru noohakee democratic qawmakah mihaaru ekasheegenvaa nooheh nooneve. Haverakee Stalin dhuvas varu Russia gai nukuiy "PRAVDA" ge nakalekeve. 1912 vana aharun feshigen neremun gendhiya Communist party ge midhennevi noos vanee 1991 vana aharu eyru hunnevvi Raees Boris Yeltsin ge Qaraarakun uvaalevifa eve. Democracy ge hamathakaa khilaafu noohakah Haveeru vumai fithuna fasaadha aalaa kurumuge maigandu usool thakeh gengulhey noohakah vaathee Haveeru uvaalumah govaalameve.
ReplyDeleteEhenee mifadha noos thah nerumuge sababun gawmu gai miyadhu binaa vamun dhaa Democratic usool thakah varah bodah huras elhe eve. Haveerun masakkaiy kuranee qawmu gai vaki bayegge verikan ove everikan adhives dhemehettey thoa eve.
Havveru gai liyevifaivaa gina liyun thakakee Zahir Hussain men haveeru ge liyun thereen ge namugai liyefai hunna liyun thakeh kamah varah gina aanmu rayyithun kiyaa ulhe eve.
Adhi mihaaru liyevifaivaa gina liyun thakakee Raajjeygai democratic vetteh qaaimu viya nudhinumattakkai liyevifai hunna liyun thakekeve. Hunnanee mulheenves mihaaru verikan hingaa faraathun kanthah thah kuramun gendhaa gothaa medhu rayyithunge medhugai nafraiytherikan ufedhdhumattakai liyefai hunna liyun thakekeve. Evves aarulaa rayyithun nah faidhaa kuranivi qaumah faidhaa kuranivi liyun hunna than fennanee varah madhunneve. Heevanee reyvefa alivaa irah hurihaa kamevves mulheen baraabarah hunnan jeheyne meyrumugai liyevifai hunna liyun thakekeve. Maigandu masakkathakee avahah mihaaru verikankuramun gendhaa faraiy vattaalumeve. Raajjeygai democracy eh qaaimu viya nudhee Khudhumukhuthaaru verikamakah aneekkaaves ashagenne vumeve. Faaithu ve dhiya 30aharu dhuvahuge aniyaa verikamaa, hingaafaivaa jareemaa thakaa, khiyaanaaiy thakaa, corruption thakuge evves vaahaka eh Haveeru noohugai nujahaane eve. Jeheynee kihinakunbaa va eve. Keyo kaifa hurivaru jeheyne thoa eve. Haveeru noohakee Raajjeyge rayyithunnah dhevifaivaa aniyaa thah foruvumah masakkaiy kuramun gengosfaivaa adhi kuramun gendhaa noohekeve. Dhivehi dhaulathu ge thanthanaa thakethi beynun koggen hingaa noohekeve. Rayyithunge faisaa eve. Mihurihaa kamakah riaayaiy koh Haveeru noohaa medhu qaanoonee fiyavalhu alhaa noos uvuaalumah thayaarah hurikan angaa adhi mikamah rayyithunnah govaalameve.
Mi dhandivalhugai "Minivan" Noos uvaalumakee varah dhera kameh kamugai dhekemeve.
fathulla amilla resort , kadooma gai eynaa ge abikabalun naa, dharikalun banguraa hippavai gen disco gai neshikamah liyefai otheve. dharikalun ney otheemaa heevanee firihen beyfulhege vaahaka hen neve. fathulla ah libunu 2 firihen beyfulhunge there in dhoshee beyfulhaa vanee, meege 13 aharu kureen mi dhuniye dhookuravva faeve. 2 vana firihen bey fulhaa akee , baeh arab qawm thakuge verin ge athun mi nukulhedhey beyfulhaa ge namugai faisaa hoadhdhevi firihen bey fulhaa eve. nashan huri meehakee, fathulla ge don dharikabalun (ANHEN) meehaa eve.fathulla ge mi nukulhedhey firihen dhari kalun noonee thibee amilla emma badu 2 anhen kudhineve. veemaa nashan huri foto alhugadu ves dhusheeme. e ee fathullah ge don darikabaleve.
ReplyDeletehaveeraai kaiveni kurey kaleymen
ReplyDeletehaveerakaa noon kaleymen kahala emmenaaves kaivenikuranvee.
ReplyDeleteits still boring with all these long comments..
ReplyDeleteto be honest this is too long to read on hajj day.
ReplyDeletemi dhen konkamhe tha.. bala venimigo huri kan kamuge vaahak dhekkumuge beynumeh netyheh nu..mihaaru dhen mii aneh raajje ehnu.. soo every thin gonna be ok... dont worry man...
ReplyDeletebtw ahannah heevanee NDO ves vaanee misarukaaru himaayah kuran ulhey faraatahkah hen.. soo haveeru ge vaahaka dhekkumuge beynumeh neh kanneyge
konme vahake eh dhekiyas haveeru varuge nooheh mi rejjeyaku adhineh.mi newdhivehiobser ga ves jahaany vaki bayehge vahakaeh.mee annia vikifa oiy siteh
ReplyDeletekoba haveerey liyuneema asaru kuraa bayaku adhives eba ulhey dho?
ReplyDeletetoo long and very boring
ReplyDeletethis might be a boring article. But it is essential that we do not forget history. ehenveemaa ve nimifa hunna vaahakaves dhakkan jehenee. Mihaaruves haveerun edhanee rayeththunnah olhuvaalaa koosani vaahaka dhakkamun.
ReplyDeleteFah kedi tha.
ReplyDeletehaveeru news akee hama maumoon kolha jehifa hus vefa huri thaneh... dhuvahaku ves maumoon aa anti comment ey ves laafa kaa ey ves novay... vaki faraathaka maa boda jehifa huri news ey.. i realy support this article............kithanme kada viyas dhen haveeru news ga ves liyan jehaynee raeesul jumhooriya mohamed nasheed.. golha boa ekay noon lolz
ReplyDeletethee aakameh noon...maumoonaa eyna yaa gaaiy vegen ulhey meehun ge aadhaeh.
ReplyDeletehaveeru is the still the best furathama thimaamen mithiby konthaaku tho balabala. eyge fahun ehen meehunnai faadukiya.. miveethanai alhuremeneh nudekken new dhivehi observer ah thure boda vaki kolha kai jehifaa thibi baeh. keekuraany mee dimaakuraathee usoolege zamaan viyya dhimaa kohfa bahatta.. Zahir hussein is not a bad person be realistic-Water Sports Maldives-
ReplyDeleteyes, water sports maldives... Zahir hussain is a propaganda master for all generations. Now his son will take over soon.. balan hunnathi, these are middle eastern camels
ReplyDeleteZahir is not a bad person. Both Zahir Hussain and Seena Zahir (Alifu) are the propagenda masters behind Haveeru. They are not bad, they are just too god to Golha boa and too blind to see any thing else. There is a reason behind that, both Zahirs made their "haraam" bucks with the blessings of Golha. lol.
ReplyDeletehey, haadha koimalaa kalo ge khabareh netheve. site bandhu kureetha? noonee, varugadha reyvumeh yaameen raavaneetha?
ReplyDeleteu r right , but dont New D O be the haveeru of present govt , as ur the magazine which play a great role to bring a change to maldives, thus u will b a supporter of present govt . but forget abt that and go for ward for maldivians and the nation`s benifits. Dont turn too much to back , liitle is ok , go forward always.
ReplyDeleteReally a true article. But dont NEW D O be the haveeru of present govt, eventhough u support this govt ( U r the magazine which play the most great role to bring this change to maldives). write ut articles ohenstly and fairly, theirfore in a way which will benifit to maldivians and to the whole nation, for that don turn back 2 much little is ok , but go forward always.
ReplyDeleteNew Do.. u are just jealous, coz haveeru is the largest read in the maldives and most popular.and they make big buks. so u want haveeru to be shut down by ur thug government.so u think u can be the "New Haveeru".keep dreeming. thugs.u are just one sided fools.
ReplyDeletehey last anonymous... good thing you know about thugs. I guess that is a back-handed compliment to Golhaabo is it? hehe. And Haveeru is still recovering from the shock to its system... given by Dhivehiobserver, which has changed the media landscape of the country for good. We will see Haveeru going bankrupt very soon.... the sooner th people are made aware this will happen... you Arab camels.
ReplyDelete