Saturday, 29 November 2008

މޭވާ އާއި ތަރުކާރީން އިމްޕޯޓް ޑިއުޓީ ކަނޑާލާއިރު

Duty on Fruitsޢައިޝާ ޝެރީން


ކާބޯތަކެތީގެ ތެރެއިން މޭވާ އާއި ތަރުކާރީ ފަދަ ތަކެތީގެ ޑިއުޓީ ކަނޑާލާއިރު ވިސްނަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. ބައެއް މޭވާ އާއި ތަރުކާރީ އަކީ ރާއްޖޭގައި އެކަށީގެންވާ ރަނގަޅު ފެންވަރަށް ހެއްދޭ ތަކެއްޗެވެ. ހަމަ މިއާއެކު މޭވާ އާއި ތަރުކާރީގެ ތެރެއިން ރާއްޖެއެތެރެކުރެވޭ ބޮޑުބައެއް ބޭނުންކުރަނީ ފަތުރުވެރިންގެ ކެއުން ބުއިމަށެވެ. ދިވެހިންގެ ދުޅަހެޔޮ ޞިއްޙަތަށް މީގެން ބޭނުން ކުރެވެނީ މަދު ޢަދަދެކެވެ.


ދިވެހި ދަނޑުވެރިންގެ މިއަދުގެވެސް ޝަކުވާއަކީ އެމީހުން ހައްދާ ބާވަތްތަކަށް އެބައިމީހުންގެ އަތުން ހޭދަވާ އެއްޗަކާ އެއްވަރަށް ފައިދާ ނުވާވާހަކައެވެ. ރާއްޖޭގެ ދަނޑުވެރިންނަށް ރަނގަޅު މާކެޓްއެއް ނެތްވާހަކައެވެ. މިފަދައިން ކަންކަން ވަނިކޮށް މިބާވަތްތަކުން ޑިއުޓީ ކަނޑާލުމުން ދަނޑުވެރިންނަށް ލިބޭނެ ގެއްލުން ވަރަށްވެސް ބޮޑުވާނެއެވެ. ފަޅޯ، ކަރާ، ބަށި، ބަރަބޯ މިފަދަ އެތައް ބާވަތްތަކަކީ ރާއްޖޭގައި ރަނގަޅަށް ހެއްދޭ މޭވާ ތަރުކާރީ އެވެ. މިހާރުވެސް ދިވެހި ދަނޑުވެރިން އެންމެބޮޑަށް ވިސްނަންޖެހިފައިވަނީ ދަނޑުވެރިކަން ކުރުމަށް ކުރަންޖެހޭ ޚަރަދާއި ބުރަ މަސައްކަތާ އެއްވަރަށް އާމަދަނީ ނުލިބުމާ އެމީހުންގެ މަސައްކަތަށް އެކަށީގެންވާ އިޖާބައެއް ލިބޭނެ ގޮތްތަކެއްނތީމައެވެ. އެހެން ކަމުން މިއަދު އެބައިމީހުން ކުރާ މަސައްކަތް މާދަމާ ހުއްޓާލަން ޖެހިދާނެކަމަށް އަބަދުމެ ފިކުރު ކުރަންޖެހެއެވެ.


މިއަދުގެ ސަރުކާރުން ދަނޑުވެރިންނަށް އަޅާލާ އިތުރަށް އެމީހުންނަށް މި ރޮނގުން ކުރިޔަށްދެވޭނެ މަގާ މި މަސައްކަތުން ރަނގަޅު އާމްދަނީ ލިބޭނެ މަގު ފަހިކޮށްދޭނެކަމަށް އެމީހުން ނުހަނު އުއްމީދު ކުރެއެވެ. އެހެން ކަމުން ޑިއުޓީ މިފަދައިން ކަނޑާލަން ނިންމާއިރު ވިސްނާލަން ޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. ޑިއުޓީ ބައެއް ތަކެތިން ކަނޑާލަން ނިންމާއިރު އެންމެ ފުރަތަމަވެސް ރާއްޖޭގެ ދަނޑުވެރިންނަށްޓަކައި ދަނޑުވެރިކަން ކުރުމަށް ބޭނުންވާނެ އެންމެހާ ތަކެތިން ޑިއުޓީ ކަނޑާލުން މުހިންމެވެ. މިގޮތުން ރާއްޖޭގައި ހައްދާ މޭވާ ތަރުކާރީގެ ބާވަތްތައް ހެއްދުމަށް ދަނޑުވެރިން ކުރަންޖެހޭ ޚަރަދު ކުޑަވުމާއެކު ދަނޑުވެރިން ހައްދާ ބާވަތްތަކުގެ ގެ އަގުވެސް ދަށްކުރެވޭނެއެވެ. މިއާއެކު ރާއްޖޭގައި ޢާއްމުކޮށް ހައްދާ އަދި ލިބެން ހުންނަ މޭވާ އާއި ތަރުކާރީގެ ބާވަތްތައް އިމްޕޯޓު ކުރާނަމަ އެފަދަ ބާވަތްތަކުން ޑިއުޓީ ނަގަންޖެހޭގޮތަށް އޮންނަން ޖެހޭނެއެވެ. ދިވެހި ދަނޑުވެރިން ހައްދާ ބާވަތްތަކަށް މިގޮތުން މާކެޓް ލިބުމަށް މަގުފަހިވެގެން ދާނެއެވެ. މިނޫން ގޮތަކަށް މިކަން އޮންނަން ވެއްޖެނަމަ ދިވެހި ދަނޑުވެރިންނަށް ދެން ލިބޭނެ ގެއްލުން މިހާރަށްވުރެ ބޮޑުވާނެއެވެ. ދަނޑުވެރިކަމާބެހޭ މިނިސްޓްރީ އިން މިކަން ރަނގަޅަށް ބައްލަވާ ދިރާސާ ކުރެއްވުމަށްފަހުނޫނީ މިފަދައިން ޑިއުޓީ ކަނޑާލުމަކީ ރަނގަޅު ކަމަކަށް ނުވާނެއެވެ. އެހެން ކަމުން މިއަދުގެ ސަރުކާރުން މިކަންކަމަށް ބެއްލެވުމަށް އިލްތިމާސް ކުރަމެވެ.


4 comments:

  1. Good point Sherin has high lighted. Hope coalition sarukaaaru would listen

    ReplyDelete
  2. v rangalhu vaahakaeh. karaa kahala ehchehin madhuvegen 25% duty nagaa gothah baavvan vee. eyrun rangalhuvaane. ehen noonee dhen egothah ehchehi hehdhumuge beynumeh noan naane.

    ReplyDelete
  3. Cosidering our country's situation exemption of import duty on certain food items and some other others such as medicines are important . But it should be based on a strong national policy. eg: banana easily grows in Maldives but apple does not.given below is one of the basic policies.
    basicaly the policy should be based on "prevention and protection of local industry"
    for example in Australia there is no import duty lavied on cameras. because Australia does not produce cameras which means there is local industry to be protected. but the is heavy import duty on dairy amd meat and meat products. because Australia is country that produces large quantity dairy and meat products.so why they need to import such products from outside. I know this because I had undergone a customs administration study course in Australia under commonwealth educationl assistance scheme.

    ReplyDelete