ޑީ.އާރް.ޕީގެ އާ މޫނު 'ނަޝީދު '
ޕާޓީ ސިސްޓަމެއްގެތެރޭގައި ވެރިކަން ކުރަމުންދާއިރު ވަރުގަދަ އިދިކޮޅު ޕާޓީއެއް ނެތިއްޖެނަމަ ވަރަށްވެސް ދެރައެވެ. އެހެނީ ވެރިކަމުގައި ހުންނަ ނުރަނގަޅު ކަންކަން އިޞްލާޙު ކުރުމަށް ބާރުއަޅާފަރާތަކަށް ވާނީ އެފަދަ އިދިކޮޅު ޕާޓީއެކެވެ. މައުމޫނުގެ 30އަހަރުގެ ވެރިކަން ނިންމުމަށް އެމް.ޑީ.ޕީ ކުރި މަސައްކަތަކީ ސިޔާސީ ގޮތުން މިރާއްޖެ ދުށް އެންމެ ވަރުގަދަ ޞުލްޙަވެރި ޙަރަކާތެވެ. އެމް.ޑީ.ޕީގެ ޙަރަކާތްތައް އަމާޒުވެގެން ދިޔައީ 30އަހަރުގެ ޚުދު މުޚުތާރު ވެރިކަމަކާއެވެ. އަނިޔާވެރިކަމާ ބޭ އިންސާފާ އިދިކޮޅަށް ހިންގުނު ވަރުގަދަ ޙަރަކާތެކެވެ. މިއަދު، އެފަދަ ގޮތަކަށް ޙަރކާތްތެރިވާނެ އެއްވެސް ސަބަބެއް އަދި ނެތްކަމުން އިދިކޮޅު ޕާޓީއެއް އެފަދައިން ޙަރަކާތްތެރިވާނެ އެއްވެސް ޖާގައެއް މިވަޤުތު ނެތްކަންވެސް ޔަޤީންކުރަން ޖެހެއެވެ.
މިއަދު އިދިކޮޅު ޕާޓީއެއްގެ ގޮތުން ޙަރަކާތްތރިވާން އޮތީ ޑީ.އާރް.ޕީއެވެ. އެހެންނަމަވެސް ޑީ އާރް.ޕީ ވަނީ ބޮޑު ހިތާމައެއްގެ ތެރޭގައެވެ. ޑީ.އާރް.ޕީގެ ޒަޢީމަށް ވެރިކަން ނުލިބުން ވެގެން ދިޔައީ ޑީ.އާރް.ޕީގެ މެމްބަރުންނަށް ބޮޑު ހިތާމައެއްކަމުގައެވެ. އިންޠިޚާބު ކާމިޔާބު ނުވެދާނެކަމަށް ޑީ.އާރް.ޕީއަށް ވިސްނިފައިވެސް ނެތީއެވެ. ފަހަރެއްގައިވެސް މައުމޫނުގެ ވެރިކަން ނިމޭނެކަމަށް އެމީހުންނަށް ޤަބޫލުކުރަން ދަތިވީއެވެ. އެހެން ކަމުން ޑީ.އާރް.ޕީގެ މެމްބަރުން އަދިވެސް ތިބީ ހިތާމައިގައެވެ. މޮޅިން މޮޅި ސާލު ލައިގެން ތިބުމުގެ ވަޤުތު މިހާރު ހިނގައްޖެއެވެ. މިހާރު ދެން ޑީ.އާރް.ޕީ ވާންޖެހޭނީ ވަރުގަދަ ޒިންމާދާރު އިދިކޮޅު ޕާޓީއަކަށެވެ. މިގޮތުން އެންމެ ފުރަތަމަވެސް ޑީ.އާރް.ޕީއިން ކުރަންވީ ކަމަކީ ޕާޓީގެ ލީޑަރ ޝިޕް ބަދަލުކުރުމެވެ. ޕާޓީ ހިންގޭފަދަ ޤާބިލު ޒުވާން ބޭފުޅަކު ޕާޓީއައިގެން ކުރިޔަށް ވަޑައިގަންނަވަންވީއެވެ.
ޑީ.އާރް.ޕީގެ ތެރެއަށް ވިސްނާލާއިރު މިފަދަ ވެރިޔަކަށް އެންމެ އެކަށީގެންވާ މޫނަކީ މުޙައްމަދު ނަޝީދެވެ. ކުރީގެ ލީގަލް ރިފޯމް މިނިސްޓަރއެވެ. ޑީ.އާރް.ޕީގައި އޮޕޮޒިޝަން ޕާޓީއެއް ޙަރަކާތްތެރިވާނެ ގޮތް އެނގޭބަޔަކުވެސް ނެތެވެ. އެގޮތުން ޙަރަކާތްތެރިވާނެ ގޮތެއްގެ އެއްވެސް ތަޞައްވުރެއްނެތެވެ. ހަމައެކަނި އެނގޭހާވެސް ކަމަކަށް އޮންނާނީ ފިތުނަ އުފެއްދުމެވެ. އެހެންނަމަވެސް މުޙައްމަދު ނަޝީދަކީ މިފަދަ ވިސްނުން ވިސްނާ އަލުން އެހެން މިސްރާބަކަށް ޕާޓީ ނަގާ ގެންދެވިދާނެ މޫނެއް ކަމުގައިވާނެއެވެ. މިފަދަ ރޭވުންތެރިކަން އޭނާގެ ކިބައިގައި ހުންނާނެއެވެ. ނަޝީދުގެ ކިބައިން އަދި ޑީ.އާރް.ޕީގެ ކިބައިން އިޞްލާޙު ކުރަންޖެހޭ ކަންތައްތަކެއްވެސް އެބަހުއްޓެވެ. މިވީހާ ދުވަހުވެސް ޑީ.އާރް.ޕީއަށް އެމީހުންނަކީ އާދައިގެ ދިވެހި ރައްޔިތުންކަން ވަނީ ނުވިސްނިފައެވެ. އެމީހުންނަށް ހީވެފައިވަނީ ތިމާމެންނަކީ މާ ޚާއްޞަ ބައެއްކަމުގައެވެ. އެހެންކަމުން އާދައިގެ، އެންމެ އާދައިގެ މީހާއާ އެއްހަމައަށް އައިސް އެމީހުންނާއެކު އެއް ފެންވަރެއްގައި އުޅުމަކީ އެމީހުންގެ ގަދަރުވެރިކަމަށް ލިބޭ އުނިކަމެއް ކަމުގައި ހީކުރެވިފައި އޮންނަނީއެވެ. ނަޝީދުގެވެސް މިސިފަ އެބަހުއްޓެވެ. ކިބުރު ވެރިކަމާ ބޮޑާކަމުގެ ސިފައެވެ. އެންމެ އާދައިގެ މީހާ ބުނާ ބަސްތައްވެސް އަޑުއެހުމުގެ ޤާބިލުކަން ހުންނަން ޖެހެއެވެ. އެހެން މީހުންނަކީވެސް ތިމާމެންފަދަ މީހުންކަމަށް ޤަބޫލުކުރަންޖެހެއެވެ. ފައިވް ސްޓާރ ހޮޓެލުން ކާލާގޮތަށް އެންމެ އާދައިގެ ސައި ހޮޓަލަކުން ސައިތަށިވެސް ބޯލަން ކެރެންޖެހޭނެއެވެ. އެހެންނަމަވެސް މިކަންކަން ކުރުން މިބައިމީހުންނަށް ވާނީ ވަރަށް އައިބު ކަމަކަށެވެ. އުނދަގޫ ކަމަކަށެވެ.
މިފަދަ ސިފަތައް ނައްތާލެވިއްޖެނަމަ ނަޝީދު ވެގެންދާނީ ރަނގަޅު އިދިކޮޅު ޕާޓީއެއްގެ ލީޑަރަކަށެވެ. ނަޝީދު ފަދަ ދެވަނަ މޫނެއް ޑީ.އާރް.ޕީއަކުނެތެވެ. ތަސްމީނާއެކު ޕާޓީގެ މެންބަރުން މަގުމައްޗަށް ނުކުންނަން ވިސްނުމަށްވުރެބޮޑަށް ނަޝީދު އާއެކު ޕާޓީއެއް ހިންގަން އުޅުން މާ ރަނގަޅުވާނެއެވެ. ސިޔާސީ ތަޖްރިބާއަށް ބެލިޔަސް މީހުންގެ މެދުގައި މަޤްބޫލުކަމަށް ބެލިޔަސް މިކަން ކުރެވޭނެ ހަމައެކަނި މޫނަކަށް ޑީ.އާރް.ޕީގެ ތެރެއިން ހަމަ ފެންނަނީ ނަޝީދެވެ. މިގޮތުން ޑީ.އާރް.ޕީގެ އާމޫނަކީ ނަޝީދެވެ.
|
v rangalhu vaahaka eh. Zimmaa dhaaru liyun therikamakee thee. thigothah kuriyah gendhan vee. oposition akee koahchehkan neyngey meehunah ekanves jeheynee kiyaadheyn. Kutti Nasheedhah Anni fadha meehakah nuveveyne ehaa kerey meeheh noon. maa abui meeheh. Ekamaku dhen evaruge meehehves hama neh. thikahala liyun fennan jeheyne . v rangalhu.
ReplyDeleteDRP...oposition party. huh
ReplyDeletemaa thaahiruvaane magumatheegai barahanaavegen thibe dance kuriyaa.
hehe Thasmeenaa Hamdhoon v rulhi gadhaveenehen heevanee.
ReplyDeleteKutti kaleyge haaluga jassan dho NDO thiulhenee.. ma hee hee halaaku vedhaane. huh huh huh haaaaaaaa.
mihaaru dhen madu madun maumoon rajje in nattaa lan thayyaru vanee hen haadha hee vey. dunya family ves singapore ah nattaali khabareh eba olhey. maumoon nattaa lumuge kurin insaafah gen dhan jeheyne.
ReplyDeletemaaih kalaako kihamme varakah bunedhinas thi kuttige thuikamaa beyfulhism kan nufilaane. eyna hithun eee 7vana uduga ulhey beyfulheh. Thi DRP ah kithamme varakah bunedhinas emeehun nah thinoonvareh nuvaane. ekamaku v salhivaane Maumoona Thasmeenu muzaaharaa kuran nukutheema.
ReplyDeleteޑީ.އާރް.ޕީ ދޯ. އެމީހުންއެއީ ޕާޓީއެއްނަމަތާ.. އެއުޅޭ ނިހާނާ އަލްހާންކަހަލަ ބަޔަކު ލައްވާ ދެން އެއުޅޭ އުމަރުވެސް ހިމަނައިގެން މަގުމައްޗަށް ކަންނޭނގެ ދެން ނުކުންނާނީ. ދެންތި ކުއްޓި ތީ ކަރުހަކުރަށްވުރެ ފޮނި މީހެއްކަމަށް ވަނީ. އެނގޭތަ ކުއްޓި އަބަދުވެސް ބުނާނެ ތިމަންނަ ދެންވެސް އަރާނީ މިއަށްވުރެ މަތީ ގޮނޑިއަކަށޭ.
ReplyDeleteDear friends,
ReplyDeleteNDO is a moderated site and comments will appear if and when they are
approved. We will review the queue several times daily, so please don't
resubmit if your comment doesn't appear immediately.
Thank you
Drp akee idhi kolhu party eh noon. Bali gabool nukurevigen ulhey party yeh. Bali vaane kamah huvafenakun ves nudhekey. Dhivehin nakee moyain kamugaa dhekigen ulhunu bayeh. Verikamakee hama ekani maumoon ah ekani kureveyne kameh kamugai dhekki gen ulhunu bayeh. Maumoon ge ehunna shaahee goiy thakah alhukan kuramun dhiya party eh.
ReplyDeleteDRP akee gang eh. meehunah aniyaa kuraa gang eh. kon idhikolhu party eh. adhives hama heyrenee. golhaa adhives raavanee nubai reyvun. baliviyakas bali gaboolu nukereveyne. dhen keehkuraa bayeh. dhivehinge leyboa bayeh eee. dhen kutti kameh kohbala emeehun islaah kuran.Sahhaaf bai dhookohlabala. Nihan aa Alhaan aa Ali Waheed edhen kon bayehtha. gaumah jehifa oiy balaaverikameh eee.
ReplyDeleteDear NDO
ReplyDeleteThank you for writing such an article. Its time that we have to have a great opposition but I wonder if DRP ever can become one.
But I must say that NDO is our hope to help in building our nation as a responsible media personal which Sappe has failed. pls keep up the good work. wish u best of luck.
MDP thi genaee vara sul ha veri ingilaabe??... NDO thi kuranee noos verikan dho...!! furathama liyaa iru meehaage aburaa thibehenee."kutti nasheed". mi dhen bodu vareh nu.reethi bahuruvayakun meehun kiyaa hih vaa kahala liyumeh liyeveytho balaa bala.eh kolhah liyunas idhi kolhah liyunas meehun kiyaa hih vaane.maumoon ge fahathun netten neyngigen thi ulhenee keeve tha..MDP ah sanaa kiyun noon kameh nukurevey. verikan libunee ma balan vee heyo gothuga verikan kureveytho.. Obama hovunee ma emeehun ves nudhakaa Bush ge vaahaka eh.emeehun ge gaumu kuriah gendhaane gothuge vaahaka dhakanee.. comment kuraameehun ves visnaalaun eden...
ReplyDeleteKutti ves anni ah vure rangngalhuhen heevanee. Anni mihaaru miothee bodu vabaakah vefa. Maumoonahvure meenage uyndhagoo bodu. Meenaah heevanee maumoonuge baladhuverikan libigen ulheyhen. anni ah verikan libumun ehisaabun aharumen angamadunalaigen tibenviyyo. maumoon kitahnmekameh kuriyas angamaduna laigen tibeysho. thiyahen anni bunaa vaahaka aduahaakah noon thiya maqaamah anni laafa thiyahureekee. mee bodu undhagulakah mihaaruvejje.
ReplyDeleteAhdhey v asaru koffa dho emeehun ethibee. Dhen verikan kuraa meehun verikan kuriyakas liyaameehun liyaanenu. Raees Nashyd aa eynage sarukaarakaa dhen mihen hingaa site thakaa liyaa meehunge liyumaa kon kameh. mee hama minivan khiyalu dho. hama v rangalhu vaahakathah meega mihureeves. NDO hama v baraabaru. kuriyah gendhanvee thigothuga. ekimeehunge hiyaalu thafaathuvaane eves hama hihvareh kamah balaa. negative comments libunu vareh rangalhuvaane. ekamaa thikudhin dheranuvaathi.
ReplyDeleteކުއްޓިއަކީ މޮޅުމީހެއްއިގޭ
ReplyDeleteމޮޅަކަސް ކުއްޓިވެސް ދެން އެ ހުއްޓުނީއޭ.
ReplyDeletekutti nasheed aee eggothakaivves kamudhaa meehrinun
ReplyDeleteDRP,cannot be a opposition party , they connote give any good suggestion to the Government , they have field in 30 years period , we Maldivians will not believe them at all , New opposition will born when the time comes , remember , we have seat for DRP. Sorry DRP Bye Bye DRP . OK
ReplyDelete