އަނިޔާވެރިން ޝަރީޢަތަށް ޙާޟިރު ކުރާށެވެ.
އަނެއްދިވެހި ރާއްޖެއަށް އަޅުގަނޑުމެންނަށް އާދެވުނު ހިނދު އަޅުގަނޑުމެން ދިވެހިން މިއަދުގެ ސަރުކާރުން އެދެނީ މައުމޫނުގެ ވެރިކަމުގައި އަނިޔާވެރިވީ މީހުންގެ ކިބައިން ބަދަލު ހިފުމަކަށް ނޫނެވެ. އެހެންނަމަވެސް އަނިޔާވެރިންގެ ކިބައިން ސަލާމަތްވުއެކު އެމީހުންނަށް ޙައްޤު އަދަބު ދިނުމަށެވެ. މިގޮތުން ނުޙައްޤުން އަޅުގަނޑުމެންނަށް އަނިޔާވެރިމީހުންގެ ތެރެއިން އާދަމް ޒާހިރު މަޤާމުން ދުރުކުރިކަމަކީ ހަމަ އުފާކުރާކަމެކެވެ. އެހެންނަމަވެސް އާދަމް ޒާހިރެކޭ އެއްގޮތަށް އެސަފުގައި ތިއްބަވައިގެން އަނިޔާވެރިވީ ވެރިންގެތެރެއިން އިސްކޮށްތިބި މީހުން އަނެއްކާވެސް ނަގާ ފުލުހުންގެ ވެރިންނަށް ހެއްދެވީމާ ޙައިރާންވަމެވެ. މަޤާމުން ދުރުކުރުމުން ހުރިހާކަމެއް ނިމުނީކަމަށް ޤަބޫލެއް ނުކުރެވެއެވެ. މިވަޤުތު ފުލުހުންގެ ވެރިކަމާ ޙަވާލުވެ ހުންނެވި ފަސީޙުއަކީވެސް އެތައްބަޔަކަށް ނުޙައްޤުން އަނިޔާވެރިވެފައިވާ ބޭފުޅެކެވެ. ހައްޔަރު ކުރުމުގައި އަދި ޖަލުގައި ބަންދުކޮށްގެން މީހުން ގެންގުޅުމުގައި އަނިޔާވެރިކަން ފާޅުކޮށްފައިވާ ބޭފުޅެކެވެ. މީގެ ހެކި މި ރިފޯމް ޙަރަކާތުގައި އިސްކޮށް އުޅުއްވި އެތައްބޭފުޅުންނެއް ދެއްވާނެއެވެ. އިންޓަރނެޓް މަޖައްލާ ސަންދާނުގެ މައްސަލައިގައި މައުމޫން ސަރުކާރުން އަނިޔާވެރިކަން ފާޅުކުރި އިބްރާހިމް ލުތުފީގެ މައްޗަށް ދޮގުހެކިބަސް ދިން ބޭފުޅެއްކަމުގައި ފަޞީހުވާނެއެވެ. މަޝްހޫރު ކުރެހުންތެރިޔާ ނައުޝާދު ވަޙީދަށް ނުޙައްޤުން އަނިޔާވެރިމީހުންގެ ޓީމުގައި ފަސީހު ހިމެނެއެވެ. މިއީ އަދި ހަމަ ދެމީހެއްގެ ވާހަކައެވެ. މިކަހަލަ އެތައް އެތައް ހެކިންނެއް މިކަމުގައި ހެކިބަސްދޭނެއެވެ.
އަނިޔާވެރިކަމާ ދެކޮޅަށް އެންމެބޮޑަށް އަޑުއުފުލި ބަޔަކީ އެމް.ޑީ.ޕީއެވެ. އެހެންކަމުން މިފަދަ އަނިޔަވެރިންގެ އަނިޔާވެރިކަމާ ދެކޮޅަށް ހަމައެކަނި މަސައްކަތްކުރާނެ ފަރާތަކީ އަދިވެސް އެމް.ޑީ.ޕީކަމަށް ޤަބޫލުކުރެވެނީއެވެ. ނިމިދިޔަ ރިޔާސީ އިންޠިޚާބުގެ ކެމްޕޭން ތެރޭގައި އެމް.ޑީ.ޕީގެ ހަރުގޭގައި ބޭއްވުނު ޕްރެސް ކޮންފަރެންސްއެއްގައި ތަނޑިރަތްމާގޭ ޝަފީޤު ހާމަކުރައްވާފައިވާގޮތުން މައުމޫނުގެ ފަރާތުން އެކިއެކި އަނިޔާ ތަޙައްމަލުކޮށް 111މީހުން ނިޔާވެފައިވެއެވެ. މައުމޫނަށް އަދު އޭނާގެ ބައިވެރިންނަށް ނުޙައްޤުން އަނިޔާވެރިވާކަށް އަޅުގަނޑުވެސް ނޭދެމެވެ. އެހެންނަމަވެސް މައުމޫނާއި އޭނާގެ ބައިވެރިންނަށް ދިފާޢުވުމުގެ ފުރުޞަތުދީގެން އެމީހުންގެ މައްޗަށް އިންސާފުވެރިކަމާއެކު ޝަރީޢަތް ކުރެވެންޖެހޭނެކަމަށް އަޅުގަނޑެކޭ އެއްފަދއިން އެތައްބަޔަކު ޤަބޫލުކުރެއެވެ.
ޖަލުގައި އަނިޔާކޮށް މަރާލި އީވާން، ޖަލުގައި ބަޑިޖަހާ އެތައްބަޔަކު މެރި ޙާދިޘާ، ޙުސައިން ޞަލާޙުގެ މަރު އަދިވެސް މިނޫންވެސް ބަލަންޖެހޭ އެތައްކަމެއް އެބަހުއްޓެވެ. ރޭގަނޑު ދަންވަރު ނިދާފަ ތިއްބާ ގޭގެޔަށް ފުލުހުން ވަދެ ދަމާކޫއްތާ އެމީހުންގެ ވެހިކަލްތަކަށް ހޫރުވާލި ރިފޯމް ޙަރަކާތުގެ ބައިވެރިންގެ ކުށަކީ ކޮބާތޯ މިއަދު ފަސީޙު ގާތު އަހާލަންޖެހެއެވެ. އެތައް ސަތޭކަ މީހުންގެ ކުރިމަތީގައި ޖަލުގައި މީހުން ބަރަހަނާކޮށް އެމީހުންގެ ޖިންސީ ގުނަވަންތަކަށް އަނިޔާދީ ނުހަދަންތޯއެވެ؟ މާތްﷲ ގަންދީ ހުވާކޮށްފައި ދޮގުހެކިބަސް ނުދެއްވަންތޯއެވެ؟ މިކަންކަން ފަހަރެއްގައި މިބޭބޭފުޅުން ހަނދުމަނެތިދާނެއެވެ. އެހެންނަމަވެސް މިއަދު މިޤައުމުގެ ވެރިކަމުގައި ތިއްބެވި ވެރިން މިކަންކަން ހަނދުމަނެތިދާނެކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.
މިއަދުވަނީ އިންސާފު ހޯދޭނެ މަގު ތަނަވަސްވެފައެވެ. ޖަލުގެ އަނިޔާތަކުގައިމަރުވެދިޔަ އަދި ނުޙައްޤުން އަދަބު ލިބިގެންދިޔަ ދިވެހި ދަރިންގެ ޢާއިލާތަކުން މިކަންކަން ބައްލަވައި ދެއްވުމަށް އެދި މައްސަލަ ޝަރީޢަތަށް ހުށަހެޅުއްވުމަށް ގޮވާލަމެވެ. އަދި އާދައިގެ ފަރުދުންގެ ގޮތުގައި ބެލެންނެތް ބޮޑެތި ޖަރީމާ ތަކާ ދަޢުލަތުގެ ޚަޒާނާއިން ކޮށްފައިވާ ބޮޑެތި ވައްކަންތައް ހޯއްދަވާ އެކަންކަމުގައި ޒިންމާ އުފުލަންޖެހޭ ފަރާތްތައް ޒިންމާކުރުވުމަށް މިއަދުގެ ސަރުކާރަށް ގޮވާލަމެވެ. މަޤާމުން ދުރުކުރެއްވި ބޭބޭފުޅުން މާދަމާ ޤައުމު ދޫކުރައްވާ އެހެން ޤައުމަކަށް ހިޖުރަ ކުރެއްވުމަކީ ހަމަ ވަރަށް ގާތްކަމެކެވެ. އެބޭބޭފުޅުންގެ ގަނޑުވަރުތައް ދުނިޔޭގެ އެންމެ މުއްސަނދި ޤައުމުތަކުގައި އެބޭފުޅުންނަށް އެބަ އިންތިޒާރުކުރެއެވެ. ލަސްނުކުރައްވާށެވެ. މާބޮޑަށް ލަސްވެދާނެއެވެ.
|
Faseeh is bulshit..big dhefukkeheri..there are more capable and more handsome guys around!!
ReplyDeleteFaseeh akee aniyaaverikamugai hadhdhufahana alhaa gosfa huri meeheh..meena ah fuluhunge verkan hoadha dhin bayakee Qaasimaai Shihabkamun mikamugai kurveyne kameh nei
ReplyDeleteFaseeh akee varah maumoon aa adam zahir aai gai gulhumeh onna meeheh. Meehunah aniyaa ves kuraa meeheh. Vee emme avahakah eyna ethanun beyru kuran vee...
ReplyDeleteDogu hekibas dhiniyyey..Oh my God..God bless us..
ReplyDeleteThere is no one clean in police cox mostly people hate them. becaue their work is like that.someone will hate them. i think better people are Reday,Alegzendra Naseed,thuras,munaz solih,ahmed falaah, or .... anyway tell me who is gonna be better to be CP??? then i'll tell u who the guy is with details.
ReplyDeletebut many are better than faseeh for Gods sake..
ReplyDeleteFaseeh ahvuren Adam Zahir ves mivaagothun maa rangalhu!!!..Faseeh used his power as an Assistant whereas Adam used his power as a CP !!.Faseeh CP ah veema hoadhaa nufennaane !!
ReplyDeletefaseeh aki varrah kanneh meeheh...Asst Commissioner akah huri iruves massakatha fillaa, blun nattaalan ulhey meeheh. Ekamaku Anni ekan ekury siyaasee magu sadhagattakai yageen. Faseeh sir ahvure maa bodaves gaabilu officers ebathibi. adhi hudhu faseeh sir avvaves ekan egene. faseeh sir aky heyo viney ragalhu meeheh. ekamaku CP kahala magaameh mivaguthu ragalheh noon. Mi anni hedhi varrah bodu goaheh. Ekan anni varrah avvahah gaboolukureveyne. Mihen veema vaguthu faaithuvaane. Dhen nulheythi
ReplyDelete