މޯލްޑިވުސް ނޭސަނަލް ކޮންގްރެސް ޕާޓީގެ ލިސްޓްގައި ބޮޑެތި އޮޅުވާލުންތައް
( އިބްރާހިމް ރަޝީދު )
ސިޔާސީ ޕާޓީތަކުގެ ދަފުތަރު ފުރަތަމަ ފަހަރަށް އިލެކްސަން ކޮމިޝަނުން އިއުލާންކޮށް އެ ކޮމިޝަނުގެ ވެބްސައިޓުން އެކަން ބެލޭގޮތަށް މިހާރު ހަމަޖެހިފައިވާތީ އަޅުގަނޑު އިލެކްސަން ކޮމިޝަނުގެ ވެބްސައިޓަށް ވަދެ އައިޑީ ކާޑް ނަމްބަރު ޖަހާލުމުން އަޅުގަނޑު ރަޖިސްޓްރީވެފައިވަނީ މޯލްޑިވިއަން ނޭސަނަލް ކޮންގްރެސް ޕާޓީގައެވެ. އަޅުގަނޑު މިވީހާތަނަށް އަދި އެއްވެސް ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީވުމަށް ފޯމްފުރާފައި ނުވާއިރު ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައި އަޅުގަނޑު ނަންހިމެނިފައި އޮތުމުން ލިބުނީ ކުއްލި ސިހުމެކެވެ. ވާނީވެސް އެހެންތާއެވެ. އެ ޕާޓީއެއްގައި ރަޖިސްޓްރީވުމަށް ހިތައްވެސް ނާރާ އަދި ދުވަހަކު ކޮޅުންވެސް އެޕާޓީއެއްގައި ރަޖިސްޓްރީ ނުވާނެ ޕާޓީއެއްގެ ރަޖިސްޓްރީގައި އަޅުގަނޑުގެ ނަން އޮތުމަކީ ލިބުނު ސިހުމަށްވުރެ ރުޅިވެރިކަން އިންތިހާއަށް ދިޔަކަމެކެވެ.
ކޮންމެ އަކަސް ޕާޓީގައި ހިމެނޭ ހުރިހާ އެންމެންގެ ނަންތައްވެސް ބެލޭގޮތަށް އޮތުމާއެކު މޯލްޑިވިއަން ނެސަނަލް ކޮންގްރެސް ޕާޓީގެ ލިސްޓް ޑައުންލޯޑް ކޮށްލީމެވެ. އަޅުގަނޑު ނިސްބަތްވާ ރަށުގެ ކިތައް މީހުން ލިސްޓްގައި ހިމެނިފައިވޭތޯ ބަލައިލީމުއެވެ. ލިސްޓްގެ ކޮންމެ ދިމާލަކަށް ނަޒަރު ހިންގާލިޔަސް އަޅުގަނޑު ރަށުގެ މީހަކު ނަން ނުފެނިއެއް ނުދެއެވެ. ތިންހާސް ތިރީސް ފަސް (3035) މެމްބަރުން ހިމެނޭ މިލިސްޓުން ރަށުގެ މީހުން ވަކިން ހޯދައިގެން ގުނުމަކީ އުނދަގޫ ކަމަކަށްވާތީ މައިކްރޯސޮފްޓް އެކްސަލް އަށް މިލިސްޓްކޮޕީކޮށް، މި ޕްރޮގުރާމުގެ އެހީގައި ރަށު މީހުންގެ ލިސްޓްވަކިކޮށްލުމަށް ފަހު ޢަދަދު ގުނާލީމުއެވެ. ލިބުނީ އިތުރު ހައިރާންކަމެކެވެ. ރަށުގައި ތިބި މުސްކުޅިންނާ، މަންމަނުން އަދި މަރުވެފައި ތިބި މީހުން ހިމަނައިގެން ޖުމުލަ 84 ( އައްޑިހަ ހަތަރެއް ) މީހުން ހަމައެކަނި އަޅުގަނޑު ނިސްބަތްވާ ރަށުގެ މިލިސްޓްގައި ހިމެނިފައި އޮތެއެވެ. އަޅުގަނޑު ދަންނަ ބައެއް ރައްޓެހިންނާ އަޅުގަނޑުގެ ބައްޕަ އާއި މަންމަގެ ނަންވެސް ހިމެނިފައި ވާތީ އެމީހުންނަށް ގުޅާ އެމީހުން އެ ޕާޓީއެއްގައި ސޮއިކުރިންތޯ ސުވާލުކުރުމުން އެއިން އެއްވެސް މީހަކު އެޕާޓީއަށް ސޮއިކޮށްފައި ނުވާނެކަމަށް ބުންޏެވެ. މިއިން އަޅުގަނޑަށް އެނގުނީ މިލިސްޓްގައި އަޅުގަނޑުގެ ރަށުން ހިމަނާފައިވާ 85 މީހުންނަކީ ރަށުގެ ކޮންމެވެސް މީހަކު މިކަމުގެ އަޑީގައި ހުރެގެން ހިންގާފައިވާ ކަމެއްކަމުގައެވެ. އަޅުގަނޑުމެންގެ އެންމެންގެ އައިޑީ ކާޑް ނަމްބަރާއި، އައިޑީ ކާޑް ކޮޕީ މިބައިމީހުން ހޯދިގޮތް، މިއީ ސުވާލު އުފެދޭކަމެކެވެ. ރަށުއޮފީހުގައި އުޅޭ މުވައްޒަފެއްގެ އަތެއް ނުވަތަ އައިޑީ ކާޑް ޔުނިޓްގެ މުވައްޒަފެއްގެ އަތެއް މިކަމުގައި ވާނެކަން އެއީ ޝައްކެތް އޮތް ކަމެއްނޫނެވެ.
ހިތާމައިގެ ކޮޅެއްނެތެއެވެ. ޤާނޫނާއި ހިލާފު މިފަދަ އަމަލްތައް ހިންގާ މީހުންނަށް އެކަށީގެންވާ އަދަބު ނުލިބޭހާ ހިނދަކު މިފަދަ ކަންތައްތައް ތަކުރާރުވާނެކަން ކަށަވަރެއެވެ. މޮނާޒާ ނައީމު ހިންގާ މިޕާޓީގެ ލިސްޓްގައި ތިބި ރާއްޖޭގެ އެހެން އަތޮޅުތަކުގައި ތިބި މީހުންނަކީވެސް މިބީދައިން އެޕާޓީގައި ރަޖިސްޓްރީ ވެފައިވާ މީހުންނަށް ވުމަކީ ދުރުގައި ވާކަމެއްނޫނެއެވެ. އެހެންކަމަށްވާނަމަ މޮނާޒާ ނައީމު އުފައްދައިގެން އެއުޅޭ ޕާޓީގައި ޤާނޫނީ އަދަދުވެސް ހަމަނުވާނެކަން ޔަޤީނެއެވެ. އެޕާޓީގައި ހިމަނާފައިވާ އަޅުގަނޑުމެން ރަށުގެ 85 މީހުންގެ ތެރެއިން 40 ނަން އުނިވެގެން ދިޔަސް ތިންހާސް މީހުންވެސް އެ ޕާޓީގައި ހަމަނުވެއެވެ. އެކްސަލް ފައިލް ޑައުންލޯޑު ކުރައްވާ
|
Mee dhen kiaa dhera kameh. Naeem men party hadhan meehun nulibey iruves uley goi dho.Kitha meehunge agga e araigathee. Naeem ah mikamuge adhabu liben jeheyne.
ReplyDeleteMNC should be derecognized as political party.Monaza Naeem should repay the milloins of ruffiya he has illegally taken from gvt.We should brin him to justice.What a rubish is this.thivarun party nuhedhiyaa maa thaahiruvaane. dhen lalalala
ReplyDeleteޤާނުނާއި ހިލާފަށް ތިކުރަނީ ކިހާ ބޮޑު ވައްކަމެއް...
ReplyDeleteދައުލަތުގެ ބަޖެޓުން ޕާޓީއަށް ދެއްވާފައިވާ ފައިސާ އަނބުރާދެއްވުމަށް ގޮވާލަން
ReplyDeletelast night i checked my name when one of my friend told me that he was in Jinni party. so, i checked and i also found that my name is in MSDP. all i know is i didn't signed any party and they have stolen my id and name without my permission.today, i have send an e-mail to election and waiting for an answer. if i am in Maldives i would sue them in a court.these bastards have to be fined in millions of dollars and these parties should be removed from party list in election..
ReplyDeletenattu
MNC ge listugai huri nah thakah balaalumun enguny eygai gina in hury Higher Education ge dhashun kiyavan dhiya kudhinge nah thakaai,, Social Security in eheeyah edhunu meehunge nah thakeh kameve. Baeh rahtehin naa gulhumun enguny mi eee furathama Yaameen aai Monaza naeem gulhigen feshi kameh kameve. mikan gabool ves kureve eve. elistugai gina eee Higher Education ministry in Hidhumaih hoadhi meehunge nameve..... mikamugai e ministryge bayaku hissaave eve. "bugs"
ReplyDeleteWell who ever submited our names has done somethin unacceptable. when i heard about and cheked my name was under DHIVEHIRAJJE IN FAGEERUKAN NAHTHAALAN MASAHKAHKURAA PARTY. I bever knew such a party even existed. This is strange and i was so mad. Heard elections commision we could complain and they would remove the name. But is this how it should be done?
ReplyDeleteMiee MNC ge ekani massala eh noon party ragistry kuran ulhey iru gina adhadhegge heyo edhey vagun ais laari kolheh beynun vegen laari kaigen party hadhan ulhey meehun athun laari athulaafa olhuvaalaigen laari nagaa baigadehge sababun hageegathugaa party thah badhunaam vanee. Naeem akee rayyithunge haggugaa nuhanu ihlaaastheri masakaiy thakeh koffaavaa meeheh. yageen miee efadha reyvumegge sababun vefaavaa gothekkan. Kommeves bayaku migaumugaa ulhey ragalhu bayeh badhunaamu kuran ulhunas mivanee kieykan visnaaleema ingeyne. Ragalhah viyya mi Artikal liyunu meehaa kanneyge payty ragistry kuran ulhunu iru mikala form thah MNC ah vadhaafa miothee..dhen miee emmenves dhanna kameh..Giraavaru meehunge BODU SIRRU dho
ReplyDeleteThis is too big to happen without naeem's knowledge. Somewhere along the line he must have conveniently ignored this bit. If he is such a good person fighting for ‘people’s’ rights, then he also should know that there is such a thing called RESPONSIBILITY. I doubt that this word is even in Naeem’s ethical dictionary.
ReplyDelete