Thursday, 13 November 2008

ކަސްޓަމްސް އޮޑިޓް ސެކްޝަންގެ ހުރިހާ މުއްއްޒަފުން ބަދަލުކުރުން..



އާ ސަރުކާރަކީ ޤައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާ ކުރަނިވިގޮތަކަށް އެކުލަވާލެވިގެން ހިންގޭ ސަރުކާރަކަށް ހަދަންޖެހޭނެއެވެ. މިގޮތުން މިވަޤުތު ސަރުކާރުގެ އެކި އެކި މުއައްސަސާތަކުގައި ކަންތައް ތައް ހުރި ނެތްގޮތާމެދު ވިސްނާލަންޖެހެއެވެ.

ސަރުކާރުގެ މުހިންމު މުއައްސަސާތަކުގެ ތެރެއިން މޯލްޑިވްސް ކަސްޓަމްސްއާމެދު ވިސްނާލާނަމެވެ. މޯލްޑިވްސް ކަސްޓަމްސްއަކީ މުހިންމު މުއައްސަސާއެއް ނަމަވެސް ވޭތުވެ ދިޔަތަނަށް ބަލާނަމަ ކޮރަޕްޝަން އިންތިހާއަށް އޮތްތަނެކެވެ. ސިޔާސީ ޕާޓީތައް ތަޢާރަފް ވުމާއެކު އެންމެ ގިނަ ތަފާތުކުރުން އެއްތަނެއްގެ ތެރެއިން އެއް މުއްއްސަސާއަކީވެސް މޯލްޑިވްސް ކަސްޓަމްސްއެވެ. ކަންތައްތައް ބަދަލުވަމުން ބަދަލުވަމުން ގޮސް އެންމެ ފަހުގެ މަރުޙަލާއަށް ދިޔައިރުވެސް މައުމޫނުގެ ސަރުކާރާ އިދިކޮޅު އެންމެ ގިނަބަޔަކު ވަޒީފާ އަދާކުރާ އެއް ތަނަކީ މޯލްޑިވްސް ކަސްޓަމްސް ކަމުގައިވާނެއެވެ. 10ނޮވެމްބަރ 2008ވަނައަށްވީދުވަހަށް ބަލާލާނަމެވެ. މިދުވަހަކީ މައުމޫނުގެ ވެރިކަމުގެ އެންމެ ފަހުދުވަހެވެ. ބޮޑެތި ބަދަލުތަކެއް ކަސްޓަމްސްގެ އޮޑިޓް ސެކްޝަންއަށް މިދުވަހު ގެނެއުމުގެ ބޭނުމަކީ ކޮބާބާއެވެ.؟ އޮޑިޓް ސެކްޝަންގެ ހުރިހާކަމެއް ދަންނަ މުއައްޒަފުން އެހެނިހެން ދިމާތަކަށް ބަދަލުކޮށްލާ އޮޑިޓް ސެކްޝަންއަށް އެހެން ސެކްޝަންތަކުގައި ތިބި މުއައްޒަފުންތަކެއް ގެނެސް މުޅި ސެކްޝަން ބަދަލު ކޮށްލުމުގެ ފަހަތުގައި ކޮންމެވެސް ސަބަބުތަކެއްވާނެއެވެ. ސެކްޝަން ބަދަލުކުރި ޗިޓްގައިވާގޮތުން ސެކްޝަން ބަދަލުވަނީ ނޮވެމްބަރ 12ވަނަ ދުވަހުން ފެށިގެނެވެ. މިއީ ކިހިނެއް ވާކަމެއްތޯ މި ސެކްޝަންގެ ބައެއްމީހުން ކަސްޓަމްސްގެ ކަލެކްޓަރ ޝާފިޢު އާ ބައްދަލުކޮށް އަހާފައިވެސްވެއެވެ. އެގޮތުން ޝާފިއުގެ ފަރާތުން އޮޅުން ފިލާފައިވަނީ މިއީ ކަސްޓަމްސްގެ އެސިސްޓެންޓް ކަލެކްޓަރ އަންވަރު އަދި އެސިސްޓެންޓް ކަލެކްޓަރ ޝިޔާމްގެ ނިންމެވުމެއްކަމުގައެވެ. އޮޑިޓް ސެކްޝަންގައި މިހާރު އެތިބީ އެ ސެކެޝަންގެ އެއްވެސް ކަމެއް ނޭނގޭބައެކެވެ. މި ސެކްޝަންގައި މަސައްކަތްކުރާ މުއައްޒަފަކު އެއްދުވަހެއްގައި 3 ސެކްޝަންއަށް ބަދަލުކޮށްފައިވެއެވެ.

ކަސްޓަމްސްގެ އެސިސްޓެންޓް ކަލެކްޓަރ އަންވަރަކީ ކަސްޓަމްސްގައި ތިއްބެވި އެންމެ ކޮރަޕްޓް ވެރިންގެތެރެއިން އެއްވެރިއެކެވެ. މިހާރު ބޮޑު މުއްސަންޖެކެވެ. ޝިޔާމްއަކީ ވަކިޕާޓީއަކަށް ނިސްބާވަތްވާ މުއައްޒަފުންނަށް އިހާނަތްތެރިކޮށް ހިތުމުގައި އަރާހުންނެވި ބޭފުޅެކެވެ. ވަރަށް ޚާއްޞަކޮށް ޑީ.އާރް.ޕީއަށް ނިސްބަތްނުވާ މުއައްޒަފުންނަށް ނުޙައްޤުން އެތައްކަމެއް އޭނާގައި މަޤާމްގެ ނުފޫޒު ބޭނުން ކުރައްވައިގެން ކޮށްފައިވެއެވެ. މިނޫނަސް މިފަދަ ވެރިން އަދިވެސް ކަސްޓަމްސްގައި އެބަތިއްބެވެ. އެހެންނަމަވެސް މިދެވެރިން ގެ މިނިންމުމަކީ ވަރަށް ގިނަ ކަންތައްތަކެއް ފޮރުވުމަށް ނޫނީ އޮޅުވާލުމަށް ކޮށްފައިވާ ކަމެއްކަމަށް ޔަޤީންކުރެވެއެވެ. ކަސްޓަމްސްތެރޭގައި ޤާނޫނާ ޚިލާފަށް ހިންގާފައިވާ އެތައްކަމެއް ހުންނާނެއެވެ. ރަނގަޅަށް ހޯދާބަލާ ތަޙުޤީޤު ކުރުމުން މިކަންކަން ސާބިތުކުރެވޭނެއެވެ.


3 comments:

  1. ކަސްޓަމްގެ ވާހަކަ ހެވީ ނުދެއްކިއްޔާ، ކަސްޓަމްއަކީ އެއްކޮށް އެތާ ތިބި ވަގުން ބަދަލު ކުރަން ޖެހިފައިވާ ތަނެއް. މީހުން ބޭރުން ބޮޑު އަގުގައި ގެންނަ މުދަލަށް ޑިއުޓީ ނެގުމުގައިވެސް އެއްވެއް ގަވާޢިދއް ގާނޫނެއް އޮތްތަނެއް ނޫން. އިންވޮއިސްގަ ހުންނަ ޢަދަދު ޖެހެނީ ކަސްޓަމަށް ފެންނަ އަގަކަށް ބަދަލުކޮށް ޑިއުޓީނަގަން. މިކަމުގައި ރައްޔިތުންނަށް ލިބެންވާ އެއްވެސް އިންސާފެއް ނެތް. ކަސްޓަމުން ނަގަމުން އަންނަ ޑިއުޓީ އުވާލުމަށްފަހު، ކަސްޓަމުގައި އުޅެ ބޮޑެތި ރައްލާޖެހި ވަގުން އެތަނުން ބޭރުކުރުމަށް އަންނި އަށް ގޮވާލަން.

    ReplyDelete
  2. why no one is commenting today.
    I come here everyday to read the comments.

    ReplyDelete
  3. Now that Anwar and Shiyam had to leave customs, corruption would become a “little less”. If the new government wants to make customs corruption to “its least” then honorable Aswan has to throw away Abdulla Waheed (section head of valuation) and Adbulla Ali (section head of human resources); and replace those places with young educated people!

    ReplyDelete